އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ނަން ހުށަހެޅި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނީ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމި ލޯކަލް ކައުންސިލް އިންތިހާބުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރުމަށް ފޯމު ހުށަހެޅި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ކޮމިޝަނުގެ އީމެއިލް އަށް މެއިލް ކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު 2020 ޖޫން 23 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ. ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިންނެވެ." އީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އިޢުލާނުގައި ވަނީ، ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ ދިހަ ދުވަސް ކުރިން ނަން ނެގުމުގެ އެންމެ ފަހު ތާރީހު އިއުލާން ކުރާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށައެޅި ކެނޑިޑޭޓުންގެ ނަން ނެގުމުމަށް އީސީން ފުރުސަތު ހުޅުވާލާފައިވާއިރު މި އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ނިންމި އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ކޯވިޑް-19 އާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލާ މިހާރު ތިިބި ކައުންސިލަރުން އިތުރު އިންތިހާބެއް ބޭއްވެންދެން ދެމިތިބެވޭ ގޮތަށް ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން