ރާއްޖޭގެ ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ބިދޭސީން އިތުރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބު ވިދާޅުވީ ރާއްޖޭގެ ކުށުގެ ވެށީގައި ބިދޭސީން ޙަރަކާތްތެރިވުން މިހާރު ޢާއްމުވެފައިވާ ކަމަށެވެ.
އެގޮތުން ކުށް ކުރުމުގެ ކޮންމެވެސް އެއް މަރުހަލާއެއްގައި ބިދޭސީންގެ ބައިވެރިވުން އޮންނަ ކަމަށާއި މިއީ އަޅާނުލައި ތިބެވޭވަރަށްވުރެ ނުރައްކާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ޝުޢައިބު ވިދާޅުވީ ވައްކަންކުރުމާއި މަކަރާ ހީލަތް ހެދުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކޮންމެވެސް އެއް ފަށަލައެއްގައި ބިދޭސީން ބައިވެރި ކުރާ ކަމަށެވެ.
ޚާއްސަކޮށް މީހުންނަށް އޮޅުވާލައިގެން ޑޮލަރުގެ މުއަމަލާތްތައް ހިންގުން ފަދަ މައްސަލަތަކުގައި ބިދޭސީންގެ ދައުރު ބޮޑުކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކުރިއާ އަޅާބަލާއިރު ކުށުގެ ވެށި އޮޕްރޭޓްވަމުންދާ ގޮތާމެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުވެފައިވާކަމަށާއި އަދިވެސް އިތުރަށް ސަމާލުކަން ދެވޭނެ ކަންކަން ހުރިކަމަށް ޝުއައިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު