އެސްޓީއޯ މޯލްޑިވްސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުން ހިންގި ކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، އެ ފޮރުވައިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހް ހުށަހެޅުއްވި އެ މައްސަލައިގައި ތުހުމަތު ކުރައްވާފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރުގައި ރަޖިސްޓްރީކުރި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ތެލުގެ ވަގުވިޔަފާރީގައި ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދަން ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވައިލި ރިޕޯޓް ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ދައުލަތުގެ ފައިސާއިން ބޮޑު ހޭދައެއް ކުރައްވައިގެން "ގަނެލާފައިވާ" ކަމަށެވެ. އެ ރިޕޯޓް ފޮރުވާފައިވާ ކަމަށް ތުހުމަތުކޮށް، އެ ރިޕޯޓު ހޯދައި މަޖިލީހަށް ހުށަހަޅަން އެ މައްސަލައިގައި ގޮވައިލައްވާފައި ވެ އެވެ.
"އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ އިއްޒަތްތެރި ރައީސަށް ވެސް އެ ރިޕޯޓް ފެނިވަޑައިގެންފައި އޮންނާނެ ކަަމަކަށް. ބަޣާވާތަކުން ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށް މުހައްމަދު ވަހީދު ހަސަން މަނިކު އިސްކޮށް ހުންނަވައިގެން ހިންގަވާފައިވާ ވަރަށް ބޮޑު ޖަރީމާއެއް މިއީ އިނގޭތޯ." ފަލާހް ވިދާޅުވި އެވެ.
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، "މިތަނަށް ހުށަހެޅިފައި ވަނީ ނާޖާއިޒް ތެލުގެ ވިޔަފާރީގެ މައްސަލަ ތަހުގީގުކުރުމަށް ހަވާލުކުރެވިފައިވާ ކުންފުންޏަށް 10 މިލިޔަން ޑޮލަރު ދީ އެ ތަހުގީގު ހުއްޓުވައިލި ސަބަބާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް." ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ޑރ. ވަހީދު ބައްލަވައިގެންނެވީ ދައުލަތުގެ ފައިސާއިން ކަމަށެވެ. އެކަން އޭރުގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް އެ މައްސަލައިގައި ތުހުމަތު ކޮށްފައި ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގު ކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.
އެ ރިޕޯޓު ބައްލަވައިގަތުމުގެ މަސައްކަތް ނިމިފައި ވަނީ 2012 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކަަމަށާއި، ދައުލަތަށް ރިޕޯޓު ލިބުމާއެކު ރިޕޯޓު ގެއްލިފައިވާ ކަމަށް ފަލާޙް ތުހުމަތު ކުރަށްވާފައިވެއެވެ. ހަމައެއާއެކު ފާއިތުވި 12 އަހަރު ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ރިޕޯޓު ފެނިފައި ނުވާކަމަށާއި މިހާރުވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ރިޕޯޓު ބައްލަވައިގެންފައި ވަނީ ދައުލަތުގެ ފައިސާއިން ކަމަށް ވާއިރު، އެ ރިޕޯޓަކީ ދައުލަތުގެ މިލްކެއް ކަމަށާއި، އެ އޮންނަން ވާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދައުލަތުގެ އިދާރާއެއްގައި ކަމަށް ވެސް ބުނެފައިިވެ އެވެ.
މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓު ދައުލަތުގެ ބެލުމުގެ ދަށުގައިި، ދައުލަތުގެ އިދާރާއެއްގައި އޮތުމުގެ ބަދަލުގަައި ވަކި މީހެއްގެ އަތުގައި ރިޕޯޓު ފޮރުވާފައި އޮތުމަކީ ވައްކަމުގެ އަމަލެއް ކަމަށާއި، އެ ރިޕޯޓު ދައުލަތަށް ބައްލަވައިގަތީ ރައީސްގެ ހައިސިއްޔަތުން ޑރ. ވަހީދުގެ ސީދާ އެންގެވުމާއި ބެއްލެވުމުގެ ދަށުން ކަމަށެވެ.
އަދި އެ ރިޕޯޓު ދައުލަތަށް ބައްލަވައިގަތުމުގައި، ރިޕޯޓު ތައްޔާރު ކުރި ކުންފުންޏާ ކުރެއްވި ހުރިހާ މުއާމަލާތެއް ކުރެއްވީ އޭރުގެ ބަންޑާރަ ނައިބު، އާޒިމާ ޝަކޫރުގެ ސީދާ ބައިވެރިވެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ. އެގޮތުން ރިޕޯޓު ބައްލަވައިގަތުމަށް ދައްކަން ޖެހޭ އަގު ކަނޑައަޅާ އެއްބަސްވެފައި ވަނީ އެ ރިޕޯޓު ތައްޔާރުކުރި ކުންފުންޏާއެކު ވާހަކަދައްކައިގެން އޭރުގެ ބަންޑާރަނައިިބު އާޒިމާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މި ހިނދުން މި ހިނދަށް ރިޕޯޓު ހޯއްދެވުމަށްފަހު މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށާއި، ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލައިިފައެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މައްސަލައަށް ބަހުސްކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގެ މެންބަރުން ކުއްލިއަކަށް ރައީސް ޑޮކްޓަރ ވަހީދާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށައަޅައިގެން ބަހުސް ކުރަން ފަށާފައި މިވަނީ ދުވަސް ތަކަކަށް ފަހު އެމަނިކުފާނު އަނެއްކާވެސް ސިޔާސީ ހަރަކާތްތަކަށް ނުކުމެ ވަޑައިގެން އިދިކޮޅު މައި ޕާޓީގެ އެޑްވައިޒަރގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމުންކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު