ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަސްޓަމުން ޕާކިސްތާނު މީހަކު ފުލުހުންނާއި ޙަވާލުކުރި ކަމަށާއި އެހެން ނަމަވެސް މަސްތުވާތަކެތި ހުރި ލަގެޖް ޙަވާލުނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރި ގިނަޢަދަދެއްގެ މަސްތުވާތަކެތި ގެއްލިފައިވާކަމަށްބުނާ މައްސަލައެއްގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.
ފުލުހުން ބުނެފައިވަނީ މިމަހުގެ އަށްވަނަ ދުވަހު ރާއްޖެއައި ޕާކިސްތާން މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ކަސްޓަމުން އެމީހާ ފުލުހުންނާއި ޙަވާލުކުރި ކަމަށެވެ. ނަމަވެސް އެދުވަހު އޭނާގެ ލަގެޖު ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުން އޭނާއާއި ސުވާލުކުރުމުން، ރާއްޖެއައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިކަމަށާއި، ލަގެޖު ގެންދިޔަ މީހަކު ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މިހާތަނަށް ވެލާނާ އެއަރޕޯޓުން ލިބިފައިވާ ސީސީޓީވީ ފުޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، އެއަރޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީ ކެމެރާވެސް ނެތްކަން ފާހަގަކުރެވިިފައިވާ ކަމަށް މީޑިއާއަށް ފުލުހުންގެ ފަރާތުންވަނީ މަޢުލޫމާތުދީފައެވެ.
އެހެންކަމުން ޕާކިސްތާނު މީހާއާމެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ވަނީ ދޫކޮށްލާފައިކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު