ސިވިލް ކޯޓުގެ ޤާޒީ ފައްޔާޒު ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ސިވިލް ކޯޓުގައި ފައްޔާޒު ބައްލަވަމުން ގެންދެވި މައްސަލައެއްގެ އަޑުއެހުންތައް ނިންމަވާލެއްވުމަށްފަހު، މައްސަލައިގެ ޙުކުމް ނުކުރައްވައި، 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މަޑުޖައްސާލައްވާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ފައްޔާޒް ފަރުވާކުޑަ ކުރައްވާފައިވާކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ޝަކުވާ ހުށައައަޅާފައިވާތީ ފައްޔާޒުގެ ސުލޫކީ މައްސަލަ ބެއްލެވުމަށް ނިންމަވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ، އެ މައްސަލަ ބެލުމަށް 2023 ޖަނަވަރީ 8 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2 ވަނަ ޖަލްސާގައި ނިންމައި، އެ ޝަކުވާ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން