ކުޑަ އަންހެން ކުއްޖަަކަށް ޖިންސީ ގޯނާކުރި 73 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ކ، އއ، އދ، ވ އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ އެމައްސަލައާ ގުޅިގެން 73 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށް ވާތީ، ކުއްޖާގެ ވަނަވަރާއި، އަތޮޅާއި، ރަށް ހާމަކުރެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު