އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެމްއެންޑީއެފުން މާލެ ގެނެސްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.
އުމުރުން 84 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިބަލިމީހާ މާލެ ގެނެސްފައިވަނީ އިއްޔެ ހަވީރު 16:45 ހާއިރުއެވެ.
ރާއްޖޭގެ އެކިހިސާބުތަކުގައި ހާލުދެރަވާ ބަލިމީހުން އެމްއެންޑީއެފްގެ އުޅަނދުތަކުގައި މީގެ ކުރިންވެސް މާލެ ގެނެސްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު