މާލޭ މަގުމަތީގައި ހާމަކަންބޮޑުކޮށް މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯގައި ހިމެނޭ މީހާ ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އިށީނދެގެން އިންނަ ޒުވާން ފިރިހެނަކު ފާޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މަންޒަރެވެ. 40 ސިކުންތުގެ ތެރޭގައި އޭނާ 3 މީހަކަށް މަސްތުވާތަކެތި ވިއްކާ މަންޒަރާއި އެމީހުން އޭނާއަށް ރުފިޔާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
“ރަސް އޮންލައިނަށް” މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެވީޑިއޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ސައިކަލެއްގައި އިނީ ޢުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިއްޔެގެ ވަގުތެއްގައި އެމީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސްޖަހާފައެވެ.
މަސްތުވާތަކެތީގެ ވަބާ އަކީ ރާއްޖޭގައި އިޖުތިމާޢީ ބޮޑު ބަލިމަޑުކަމަށް ވެފައިވާއިރު މަގުމަތީގައި ހިންގާ ޑްރަގް މުޢާމަލާތްތައް ހުއްޓުވުމަށް ފުލުހުން ޙަރަކާތްތެރިވާ މަންޒަރު ނުފެންނާތީ އެކަމުގެ ކަންބޮޑުވުން އާއްމުން ގެންދަނީ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު