ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅާލިމީހާ ހައްޔަރުކޮށްފިއެވެ.
“ރަސް އޮންލައިނަށް” މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގާބުރިއެއް އެއްލައި ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
“ގާބުރިއެއް އެއްލައި ބިއްލޫރިގަނޑު ތަޅާލި ވަގުތު ޕޮލިސް ސްޓޭޝަން އެތެރޭގައި ހުރި ފުލުހަކަށް އަނިޔާވެފައިވޭ. ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައި.” މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު