ށ.ފޭދޫ ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މައްޗަށް ތުހުމަތުކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައަޅާފައިވަނީ އެކަށީގެންވާ ތުހުމަތެއްނޫން ކަމަށް އެކޮމިޝަނުން ކަނޑައަޅައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، އެކޮމިޝަނަށް ހުށައެޅި ޝަކުވާއަކާ ގުޅިގެން 2021 އޮކްޓޫބަރ 15 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޒިޔާދުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އެކަށީގެންވާފަދަ ތުހުމަތަކަށް ނުވާކަމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އިސްމެޖިސްޓްރޭޓް އަޙްމަދު ޒިޔާދާއި ގުޅޭގޮތުން ހުށައަޅާފައިވާ ޝަކުވާ އަކީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކާގުޅޭ މައްސަލައެއްގެ ޝަރީޢަތް ކުރިއަށްނުދާ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއެކެވެ.
ޖޭއެސްސީން ބުނީ އެމައްސަލަ އިތުރަށް ތަޙްޤީޤު ކުރަން ނުފެންނަކަމަށް 2023 ފެބްރުވަރީ 8 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 11 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު