ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމަށް ނަޞޭޙަތްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިއަދު ބުނީ ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ވައިބާ ގްރޫޕަކަށް ޤާޟީ ނައީމުގެ ނަމުގައި ފޮނުއްވި މެސެޖްތަކަކީ ޤާޟީ ނައީމު ލިޔުއްވި މެސެޖުތަކެއް ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ ގްރޫޕަށް ޤާޟީ ނައީމު ފޮނުއްވި އެ މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރިންނަށް ކުރަން ޖެހޭ އަދަބު އިހުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޤާޟީ ނަޢީމުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނުގެ ދަށުން ހިލާފު އަމަލެއް ކަމަށް ވާތީ ޤާޟީ ނަޢީމަށް އެ މައްސަލާގައި ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ޑްރަގް ކޯޓުގެ ގާޟީ މުޙައްމަދު ނަޢީމަށް ނަޞޭޙަތްދިނުމަށް ފެންނަކަމަށް 2023 ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 13 ޖަލްސާގައި ނިންމާފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.
"ދިވެހި ފަނޑިޔާރުންގެ ގްރޫޕް"ގެ ނަމުގައި ހިންގަމުން އަންނަ ނުރަސްމީ ވައިބަރ ގްރޫޕެއްގައި ޤާޟީ ނަޢީމް ވަނީ ފަނޑިޔާރުންނަށް ހައުސިން ލިބޭ ސްކީމެއް ނުހިންގާތީ އެކަމާ ނުރުހުން ފާޅުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު