ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ގެންގުޅުނު ޢުމުރުން ދުވަސްވީ ފިރިހެނަކު ތިން އަހަރަށް ގޭ ބަންދުކުރަން ނ. އަތޮޅުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ނ. ހޮޅުދޫ ޖޭމުގަސްދޮށުގެ އަލީ އުމަރުގެ މައްޗަށް ރާއްޖެއަށް ގެނައުން މަނާތަކެތި ރާއްޖޭގައި ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އެރަށު ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރު އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު، ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފެނުނު މައްސަލާގައެވެ.

ދަޢުލަތުގެ ދައުވާއަށް އިންކާރުކުރަމުން އަލީ އުމަރު ކޯޓުގައި ބުނެފައިވަނީ ކޮޓަރި ތެރޭގައި ހުރި ފޮތްތަކީ އޭނާގެ ބޭބެގެ ފޮތްތަކެއް ކަމަށާއި ބޭބެ ނިޔާވުމުން އެ ފޮތްތައް ގެންގުޅުނީ އޭނާ ކަމަށެވެ. އަދި އެ ފޮތްތަކުގެ ތެރޭގައި މަސްވެރިކަމުގެ ކަންކަމާ ގުޅޭ ފަންޑިތަ ދެ ފޮތް އޮންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެއީ ސަރުކާރުން ޗާޕުކޮށްފައި ނެރުމުން ގަނެފައިވާ ފޮތްތަކެއް ކަމަށް އަލީ އުމަރު ބުނެފައިވެއެވެ.

މައްސަލާގައި ކޯޓުން އިއްވި ހުކުމުގައިވަނީ އެގެއިން ފެނުނު ލިޔުންތަކަކީ ސިހުރު ހަދަން ބޭނުންކުރާފަދަ ލިޔުންތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން އެ ލިޔުންތައް ދިރާސާކުރި ޝެއިހް އިއްޒުއްދީން އަދުނާނު ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި ބައެއް ލިޔުންތަކުގައި ގުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްފައިހުރިކަން އިލްމުވެރިޔާގެ ބަހުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

ގާނޫނުގައިވާ ގޮތުން، އިސްލާމްދީނުގެ އަސްލަކާ ޚިލާފް ލިޔުމެއް ގެންގުޅުމުގެ އަދަބަކީ ތިން އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރުން ނުވަތަ އަރުވާލުމެވެ.

އެހެންކަމުން ކޯޓުން ޙުކުމް ކޮށްފައިވަނީ ޢަލީ ޢުމަރު 3 އަހަރަށް ގޭ ބަންދުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު


8

ވ

24-Feb-2023

ގޭބަށްދަކީ ވީލިފާހުރުން.ކަހަލަކަމެށް



ޓްރެންޑިން