ސިމްގެ ވެރިފަރާތުގެ ހުއްދަ ނެތި ދިރާގުން ސިމެއް ކްލޯން ކޮށްގެން ބީއެމްއެލްގެ އެކައުންޓަކުން ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތު އެދެކުންފުނީގެ ކަސްޓަމަރަކު ކޮށްފިއެވެ.
މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ޕޯސްޓުވެސް ގުޅިފައިވަނީ ދިވެހިންގެ ބޭންކުން ފައިސާ ގެއްލުމުގެ މައްސަލަތަކާއެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރ މުހައްމަދު ފަޔާޒު (ފިއްޓޭ) ބުނެފައިވަނީ ބީ.އެމް.އެލް ގައި ހުޅުވާފައިވާ އޭނާގެ އެކައުންޓާއި ކްރެޑިޓް ކާޑު އެކައުންޓް އެއްކޮށް ވަގަށްނަގައި ދޮވެލާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ޑިއެކްޓިވޭޓް ކޮށްލާފައިވަނީ އޭނާގެ އަމިއްލަ ދިރާގު ސިމްކަމަށާއި އެހެންކަމުން އެކަމުގައި ދިރާގުގެ ބައިވެރިވުން އޮތްކަމަށްވެސް ފިއްޓޭ ވަނީ ބުނެފައެވެ. އެގޮތުން ފިއްޓޭގެ އެކައުންޓުން 170،000 ރުފިޔާއަށް ވުރެ ގިނައިން ވަގަށް ނަގައިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
“ފުރަތަމަ ސިމް ޑިއެކްޓިވޭޓްކޮށްލީ، ދިރާގުގެ ބައިވެރިވުން. އާ ސިމެއް އިޝޫނުކޮށް އޯ.ޓީ.ޕީއެއް ނުލިބޭނެ. (ބެލިއިރު އޮތީ މަގޭ ކޮންސެންޓް އެއް ނެތި ސިމެއް އިޝޫކޮށްފައި. އީސިމް އެއް ނޫން.) އެކަން ވާނީ ދިރާގުގެ ތެރެއިން.” ފިއްޓޭ ބުނެފައިވެއެވެ.
ފިއްޓޭ ބުނެފައިވަނީ އޭނާގެ ސިމްގެ ޚިދުމަތް މެދުކެނޑުނީ ރޭގަނޑު 11:00 ހާއިރު ކަމަށެވެ. އަދި އެކައުންޓުން އޮންލައިން ޓްރާންސްފަރ ހެދީ އެރޭ 11:50 ހާއިރު ކަމަށް ފިއްޓޭ ބުނެފައިވެއެވެ.
“މެއިލް އިންނާނީ ޑިއެކްޓިވޭޓްކޮށްފައި. ހަމައެކަނި އޯ.ޓީ.ޕީން އެކަން ވާނީ. އިންޓަނެޓް ބޭންކިން ތްރޫކޮށް ޓްރާންސްފަރ ހަދާފަ ހުރީ. މީގައި ބީ.އެމް.އެލް ތެރެއިން ކަމަށް ބެލެވޭ.”
މި މައްސަލާގައި ފިއްޓޭ އިތުރަށް ބުނެފައިވަނީ ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލުމުގެ މައްސަލަތައް ޢާއްމުވެފައިވާއިރު އެކަން ބަލައިދޭނެ މުޢައްސަސާއެއް ނެތުމަކީ ދެރަކަމެއް ކަމަށެވެ. އަދި އޭނާގެ ހުއްދަނެތި ދިރާގުން އޭނާ ބޭނުންކުރަމުން ގެންދިޔަ ނަންބަރުގެ އިތުރު ސިމެއް ދޫކޮށްފައިވުމަކީ ބޮޑު ނެޓްވޯކެއް ގުޅިގެން ކުރާ ކަމެއްކަމަށް ތުހުމަތު ކުރެވޭ ކަމެއް ކަމަށް ފިއްޓޭ ބުނެފައިވެއެވެ.
“މިކަން ބަލައިދޭނެ ބަޔަކު ނެތި އަމިއްލަޔަށް މި ކަންތައް ބަލަންޖެހުމަކީ ހާދަ ދެރަ ކަމެކޭ.” ފިއްޓޭ މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައިވެއެވެ.
މިފަދަ މައްސަލަ ތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ މީހެއްގެ އެކައުންޓެއްގައި ހުރި 1 މިލިއަން ރުފިޔާ، އެކައުންޓްގެ ވެރިފަރާތަށް ނޭގި އެކި މީހުންގެ އެކައުންޓްތަކަށް ޓްރާންސްފަރކޮށް ވިޔަފާރިކޮށް ބޮޑު ސްކޭމެއް ހިންގިކަން އެންމެ ފުރަތަމަ ހާމަކުރީ "ރަސްއޮންލައިން" އިންނެެވެ. އެހެން ނަމަވެސް އެ ހަބަރަކީ ދޮގެއް ކަމަށް ބުނެ ބޭންކުން ވަނީ މީސް މީޑިއާގައި ނޫހަށް ރައްދު ދީފައެވެ.
ނަމަވެސް އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ބަހުސް ކުރަމުން ދިޔައިރު، މިނޫހުން ހާމަކޮށްފައިވަނީ ސައްޙަ މައުލޫމާތުކަން މަޖިލީހުގެ ތަޅުމުގައި މެންބަރަކު ވަނީ ފަޅާއަރުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު