ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" ކެފޭ ފުނޑާލި މައްސަލާގައި 7 މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ 2023 ފެބްރުއަރީ 17 ވަނަ ދުވަހުގެރޭ "ހުޅުމާލެ ޖޫސް ޓައިމަށް" ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ފެބްރުވަރީ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
އެ މައްސަލާގައި 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ހައްޔަރުކުރި އެންމެންނަކީވެސް ދިވެހިންނެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" ކެފޭއަށް މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އެ ތަނަށް ހަމަލަދޭން މަރުތެޔޮ ފަދަ ތަކެތި ވަނީ ބޭނުންކޮށްފައެވެ. އެތަނަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު