ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް، ޑީއީޑީގެ ފުލުސް މީހާ ވަޒީފާއިން ވަކި ކުރުމަށް ޕޮލިސް ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ފުލުސް އޮފިސަރ ހަސަން ޝުޖާއު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ޝުޖާއުގެ އިތުރުން އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ހަމަ އެއާއެކު އެ މައްސަލައިގައި ހުސެއިން ރަޝީދާއި އަހުމަދު ރާޖިހު ވެސް ހައްޔަރު ކުރި އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓަކުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކުއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި ޑީއީޑީ އޮފިސަރު ހަސަން ޝުޖާއުގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، ޕޮލިސް ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ގާނޫނުން ކަނޑައަޅާފައިވާ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަނުވާތީ ހަސަން ޝުޖާއު މިވަގުތު ހުރީ ވަޒީފާގައި ސަސްޕެންޝަންގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ ފުލުސް އޮފިސަރ ހަސަން ޝުޖާއަކީ ޑްރަގް އެންފޯސްމެންޓުގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ކަމަށެވެ.
"ނަމަވެސް ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް ފުލުހަކަށް ނޯންނާނެ." ފުލުހުން ބުނެފައިވެއެވެ.
ޝުޖާއު ހައްޔަރުކުރިރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނަކާއި ހަތަރު އަންހެނުންނެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އާމިނަތު ރިޝްފާ އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު