ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ގާއިމުކޮށްދީފިއެވެ.
ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ގައި ޤާއިމުކުރި މި ބާބަކިޔު އޭރިއާ ހުޅުވާފައިވަނީ މިއަދުއެވެ.
ބާބަކިއު ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އެޗްޑީސީން ވަނީ މިއަދު ހަވީރު ބާބަކިއު އިވެންޓެއް ބާއްވާފައެވެ. މި އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި, އެޗްޑީސީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ހިތްފަސޭހަކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީ އިން ބުނީ ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު