ސަރުކާރު ގެނައީ ގިނަ އުއްމީދުތަކަކާއެކުގައި ނަމަވެސް ހީކުރި ގޮތަށް ކަންކަން ނުދާ ކަމަށް ބުނެ ހއ. މުރައިދޫ ރަށު ކައުންސިލުގެ މެމްބަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މިއުނާ ހަސަން، ޓިކެޓު ދޫކޮށްލަން ނިއްމައިފިއެވެ.
މިއުނާ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ސަރުކާރު ގެނައީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ގެނައުމަށް ނޫންކަމަށާއި އިންސާފު ވެސް ލިބޭނެ ކަމުގެ އުއްމީދާއެކުގައި ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު ވެސް އޭނާ އުއްމީދުކުރި ގޮތަށް މީހުންނަށް އިންސާފު ނުލިބޭ ކަމަށް އޭނާ ބުނެފައިވެއެވެ.
އެގޮތުން ރޭޕްކުރުމާއި ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކާއި ގުޅިގެން އެއްވެސް ކަމެއް ކުރަމުންދާ މަންޒަރު ނުފެންނާތީ އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބަށް ވާދަކުރުމަށް ވެސް ލަދުވެތިވާ ކަމަށް މިއުނާ ބުނެފައިވެ އެވެ.
"އަހަރެން ދުވަހަކު ވެސް، އަދި އަހަންނަށް ދުވަހަކު ވެސް ރޭޕިސްޓެއް އަދި އަނިޔާކުރާ މީހަކު ހިމާޔަތް ނުކުރެވޭނެ. ރޭޕް އާއި ޗައިލްޑް އެބިއުސްގެ ވިކްޓިމްސްއަށް އިންސާފު ނުލިބޭ އިރު ވެސް ކުށްކުރާ މީހުން، ހިމާޔަތް ކުރާ މީހުންނަކީ އެކުށް ކުރާ މީހުންނެކޭ އެއްފަދަ ބައެއް." މިއުނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.
އެ ސަބަބާހުރެ ކަމަށްބުނެ އޭނާ ވަނީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރަން ނިންމައި ޓިކެޓް ދޫކޮށްލާފަައެވެ. އޭނާ ބުނީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމާއި މެދު ގޮތެއް އަދި ނުނިއްމާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު