ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލި ބިދޭސީއެއް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދު އަމުރުގައި ބުނެފައިވަނީ ޕޮލަސް ނަމަކަށް ކިޔާ ބަނގަލަދޭޝަށް ނިސްބަތްވާ މީހާ ވަނީ ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލާފައި ކަމަށެވެ.

އުމުރުން 28 އަހަރުގެ ޕްލަސްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ. އެގޮތުން ހަތިޔާރަކުން އޭނާ ދެ މީހަކަށް ހަމަލާ ދީފައިވާ ކަމަށް ބަންދު އަމުރުގައި ވެއެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޕޮލަސް ބަންދުގައި ބެހެއްޓުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން