އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި ފެނުނުކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
ކާނަލް ނަޝީދުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެނެވެ. ކާނަލް ނަޝީދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި ކާނަލްގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކާނަލް ނަޝީދުގެ ފަރާތުން ވަނީ އޭނާ އެއްޖިންސުން އަލަމްގީރާއެކު ގުޅުން ނުހިންގާކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައެވެ. ނަމަވެސް ސިއްރުކޮށްގެން ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ހުށަހެޅީ ކޮން ހެކިތަކެއް ކަމެއް އެނގިފައެއް ނުވެއެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހައިޕްރޮފައިލް އިތުރު ބައެއްގެ މައްޗަށްވެސް ވަނީ ތަހުގީގް ހިންގައި، ދައުވާކޮށްފައެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ މި މައްސަލާގައި އަލަމްގީރު ހިމެނޭގޮތުން ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން މީގެ ކުރިންވަނީ ޙުކުމް ކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ދަޢުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތުމުގެ ސަބަބުން އެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެތެރޭގައި ވީޑިއޯތައް ލީކުކޮށްލިކަމަށް ތުހުމަތުކުރެވޭ މީހުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު