އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެން ނުވާކަމަށް އެމްޑީޕީން މިއަދު ކޯޓުގައި ބުނެފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ބައެއް މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިނުވާ ކަމަށްބުނެ ހުށައެޅި މައްސަލަތަކުގެ ތެރެއިން ކޯޓަށް ބަލައިގެންފައިވަނީ އަލީ އަމްޖަދު ހުށައެޅި މައްސަލައެވެ. އެމައްސަލައިގެ އަޑުއެހުމެއް މިއަދު 10:15 ގައި ސިވިލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަލީ އަމްޖަދުގެ މައްސަލާގައި ވަނީ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރަން އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ނެތް ކަމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާތީ، އެ ކަމަށް ގޮތެއް ނިންމުމަށްފަހު، ވަގުުތީ އަމުރާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުން ބޭއްވުމަށް ކޯޓުން ވަނީ ނިންމާފައެވެ.
ސިވިލް ކޯޓުން މިއަދު ވަނީ މައްސަލަ ބެލުމުގެ އިޚްތިޞާޞާމެދު އަލީ އަމްޖަދުގެ ފަރާތުން ދެކޭ ގޮތް ހުށަހަޅަން ވަކީލުންނަށް 10 ދުވަހުގެ ފުރުސަތެއް ދީފައެވެ. މި މައްސަލާގައި އަލީ އަމްޖަދުގެ ފަރާތުން ވަކާލާތު ކުރަށްވަނީ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދާއި، ވަކީލް ނާޒިމް އަބްދުލް ސައްތާރެވެ.
އަލީ އަމްޖަދުގެ ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިގެން 39،911 މެންބަރުން ޕާޓީން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ހިލާފަށް ކަމަށް މައްސަލާގައިވެއެވެ.
އެހެންކަމުން ރިޔާސީ ޕްރައިމަރީ ބާއްވާފައިވަނީ ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް މައްސަލާގައި އެދިފައިވެއެވެ. ހަމައެއާއެކު ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރަންވެސް މައްސަލާގައި އެދިފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު 1 މުހައްމަދު ނަޝީދަށް ލިބިފައިވަނީ 15،641 ވޯޓެވެ. އަދި ކެނޑިޑޭޓް ނަމްބަރު 2 އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިފައިވަނީ 24،566 ވޯޓެވެ. އިންތިޚާބުގައި ޖުމުލަ 40،887 މީހުން ވޯޓުލާފައިވެއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ 71.47 އިންސައްތަ މެމްބަރުން ވޯޓު ލާފައިވެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއަށްފަހު ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި އޮންލައިންކޮށް 54 ޝަކުވާއެއް އަދި 10 ޝަކުވާއެއް ފޯނަށް ލިބިފައިވާކަމަށް އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީން މިހާރުވަނީ ރަސްމީކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފަ އެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރި ނަމަވެސް ރައީސް ޞާލިޙަށް ތާޢީދު ކުރުމާމެދު ގޮތެއް ނިންމަވާނީ ފަހުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު