މާލޭ ޓީޖެޓީ ސަރަޙައްދުގައި ބިދޭސީންތަކެއް އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 11 މީހުން ދޫކޮށްލައިފިއެވެ.
އިއްޔެ ހަވީރު 16:52 ހާއިރު ހިންގި އެ މާރާމާރީގައި އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިން ފަސް މީހުން ވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރީ 11 މީހުން ކަމަށެވެ. އޭގެއިތުރުން މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިއްޔެގެ ވަގުތެއްގައި އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ބަންދު ކުރި މީހުން ދޫކޮށްލި ނަމަވެސް މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.
ދާދިފަހުން ފުލުހުން ވަނީ، ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލި ބަނގަލަދޭޝް މީހަކު ހައްޔަރުކޮށްފައެވެ. މިހާރަކަށް އައިސް ކުށުގެވެށީގައި ބިދޭސީންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ފުލުހުންވެސް ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު