ފުލުހުންގެ ހައްޔަރުގައި ހުއްޓައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ނިޔާވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދުގެ މަރުގައި ކަންހިނގާފައިވަނީ މަންޒަރުފެނުނުގޮތާ ޚިލާފަށް ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ޢަބްދުالله ރަޝީދު ނިޔާވި މައްސަލަ ވަރަށް ގާތުން ބެއްލެވި ކަމަށެވެ. އެގޮތުން ޢަބްދުالله ނިޔާވިކަމަށް ރައްޔިތުންނަށް ފެނުނުގޮތާއި ތަހުގީގުގައި ފާހަގަވި ކަންކަން ވަރަށް ތަފާތު ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން މިއަދު ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓެއް ހޯއްދެވި ކަމަށާއި ތަހުގީގުގައި ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތްވެސް ބެއްލެވި ކަމަށެވެ. އެހެންކަމުން މައްސަލައިގެ މެދު ތެރެއިން ފެނުނު މަންޒަރަކަށް ބަލައިގެން ވަކި ގޮތަކަށް އެކަމަށް ގޮތެއް ނިންމުމަކީ ތަޙުޤީޤީ ވިސްނުމަކުން ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ފެންނާނީ ތިބޭފުޅުންގެ ކުރިމަތިން ގެންދެވުނު ހިސާބާ އެވަގުތުގައި ކަން ހިނގާ ދިޔަ ގޮތް. އޭގެ ކުރީ ބަޔާ އޭގެ ފަހުބައި އަޅުގަނޑަކަށް ސީދާ ދަންނަވާކަށް ނޭނގެ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާފަ އޮތް ކަމެއް،" އިމްރާން ވިދާޅުވި އެވެ.
ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުގައި ހުއްޓާ ޢަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އަންނަނީ ތަޙުޤީޤުކުރަމުންނެވެ.
ފުލުހުން ބުނީ، ޢަބްދުالله ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ޕޯސްޓްމޯޓަމަށްފަހު ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު