ވިލިމާލޭ ފުލުުހުންގެ ކަސްޓޯޑިއަލުގައި ބަންދުކޮށްފައި ހުއްޓައި ފިލި މީހަކު ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމައްސަލަައާ ގުޅިގެން ހުކުމް ކޮށްްފައިވަނީ ކ.މާލެ މ. ހިއްސާ، އާޒިފް އަބްދުލްޙަލީމްގެ މައްޗަށެވެ. އާޒިފްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާއެވެ. ގާނޫނުލްއުގޫބާތުގައި ވާގޮތުން މި ކުށުގެ އަސާސީ އަދަބަކީ ތިން މަހާއި 18 ދުވަހުގެ މުއްދަކަށް ޖަލަށް ލުމެވެ.

އާޒިފްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ފުލުހުން އޭނާ ހައްޔަރުކުރީ ސެޕްޓެމްބަރު 8، 2022 ވަނަ ދުވަހުގެ 10:25 ހާއިރުއެވެ. އޭނާ ފިލައިގެން ގޮސްފައި ވަނީ ބަންދަށް 15 ދުވަސް ޖަހާފައި ހުއްޓައެވެ.

އެމައްސަލާގައި ފުލުހުންގެ ބަންދުން ފިލިކަމަށް ޝަރީއަތުގެ މަޖިލީހުގައި އާޒިފް ވަނީ އިއުތިރާފްވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެހެން ނަމަވެސް ދެ މަރުހަލާގައިވެސް އޭނާ ކުށަަށް އިއުތިރާފުވެފައި ވާތީ މައްސަލަ ބެއްލެވި ޤާޟީ ވަނީ އޭނާގެ އަދަބު ލުއިކޮށްދީ ޖުރިމަނާއަށް ބަދަލުކޮށްދީފައެވެ. އެގޮތުން ޖަލު ހުކުމުގެ ބަދަލުގައި 21،600 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް އެއްް އަހަރުގެ ތެރޭގައި އެފައިސާ މީރާއަަށް ދައްކަން އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން