އައްޑޫ ސިޓީ ހިތަދޫ ނަރުދަމާގެ މަސައްކަތް ނުނިމި 10 އަހަރު ވެފައިވާތީ، އައްޑު ސިޓީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އައްޑޫ ސިޓީ ނަރުދަމާގެ މަސައްކަތަކީ، 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެއްޓެވި މަސައްކަތެކެވެ. އޭރު ނަރުދަމާ އަޅަން ފެށީ ހިތަދޫ މެދު ސަރަހައްދުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން ފެށި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ސަރުކާރު ބަދަލުވުމާ އެކު ވަނީ ހުއްޓާލާފައެވެ. އަދި ފަހުން 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޑޫގެ އެހެން ސަރަޙައްދު ތަކުގައި ނަރުދަމާގެ މަޝްރޫއު އިފްތިތާހު ކުރިއެވެ.
އައްޑޫ ސިޓީ ހިތަދޫ ނަރުދަމާ ނިޒާމް ނުނިމި 10 އަހަރުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވީ، ހިތަދޫގެ ރައްޔިތުން އުންމީދު ކުރަމުން ގެންދަނީ އެ މަޝްރޫޢު ނިމޭނެ ދުވަހަކަށް ކަމަށެވެ.
"އައްޑޫސިޓީ ހިތަދޫގެ 10 އަހަރުވީ ނަރުދަމާ އެޅުމުގެ މަޝްރޫޢުއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަދުވަސްވީ މިފަދަ ޕްރޮޖެކްޓްކަމަށް ބެލެވޭ." މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫ މެދުގެ ނަރުދަމާގެ މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު، 2014 ވަނަ އަހަރުގެ އޮގަސްޓު މަހު އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 12 މިލިއަނެއްހާ ރުފިޔާއަށް ބަޔަކާ ހަވާލުކުރިއެވެ. އޭރު މަޝްރޫއު ނިންމަން ތާވަލް ކޮށްފައި އޮތީ 2015 ވަނަ އަހަރު ޖޫން މަހަށެވެ. އަދި 109 މިލިއަނެއްހާ ރުފިޔާއަށް ހިތަދޫ ދެކުނާއި އުތުރުގެ ނަރުދަމާގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ތާވަލް ކުރީ މިިދޔަ އަހަރުގެ ޖެނުއަރީ މަހަށެވެ.
މިހާރު ހިތަދޫ ދެކުނާއި އުތުރުގެ ނަރުމާގެ މަސައްކަތް ނިމި، ގެތަކަށް ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އަދިވެސް ހިތަދޫ މެދުގެ ނަރުދަމާގެ ބައެއް ޓެކްނިކަލް މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުތައް ބަދަލުވުމާއެކު ކުރީ ސަރުކާރުތަކުން ފަށާފައިވާ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތައް ހުއްޓާލުމަކީ ރާއްޖޭގައި ވަރަށް ޢާއްމުކޮށް ހިނގަމުންދާ ކަމެކެވެ.

އައްޑޫސިޓީ ހިތަދޫގެ 10 އަހަރުވީ ނަރުދަމާ އެޅުމުގެ މަޝްރޫޢުއަކީ، ދިވެހިރާއްޖޭގެ ތާރީޙުގައިވެސް އެންމެ ގިނަދުވަސްވީ މިފަދަ ޕްރޮޖެކްޓްކަމަށް ބެލެވޭ، ހިތަދޫގެ ރައްޔިތުން އުންމީދުކުރަމުން އެދަނީ މި މަޝްރޫޢު ނިމޭނޭ ދުވަހަކަށް.
— Ahmed Rasheed MDP (@AraairuRasheed) June 29, 2020
އައްޑޫ ސިޓީ ހިތަދޫ މެދުގެ ނަރުދަމާގެ މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު، 2014 ވަނަ އަހަރުގެ އޮގަސްޓު މަހު އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 12 މިލިއަނެއްހާ ރުފިޔާއަށް ބަޔަކާ ހަވާލުކުރިއެވެ. އޭރު މަޝްރޫއު ނިންމަން ތާވަލް ކޮށްފައި އޮތީ 2015 ވަނަ އަހަރު ޖޫން މަހަށެވެ. އަދި 109 މިލިއަނެއްހާ ރުފިޔާއަށް ހިތަދޫ ދެކުނާއި އުތުރުގެ ނަރުދަމާގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ތާވަލް ކުރީ މިިދޔަ އަހަރުގެ ޖެނުއަރީ މަހަށެވެ.
މިހާރު ހިތަދޫ ދެކުނާއި އުތުރުގެ ނަރުމާގެ މަސައްކަތް ނިމި، ގެތަކަށް ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އަދިވެސް ހިތަދޫ މެދުގެ ނަރުދަމާގެ ބައެއް ޓެކްނިކަލް މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުތައް ބަދަލުވުމާއެކު ކުރީ ސަރުކާރުތަކުން ފަށާފައިވާ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތައް ހުއްޓާލުމަކީ ރާއްޖޭގައި ވަރަށް ޢާއްމުކޮށް ހިނގަމުންދާ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު