ފުލުހުންނަށް ދޮގު ބަޔާންދިން މީހަކު 4 މަހަށް ޖަލަށް ލުމަށް މެޖިސްޓްރޭޓް ކޯޓަކުން ޙުކުމް ކޮށްފިއެވެ.
ހުވަދުއަތޮޅު ރަށެއްގައި 2019 ވަނަ އަހަރު ހިނގި މާރާމާރީއަކާއި ގުޅުން ހުރި ތަހުގީގެއްގައި ފުލުހުންނަށް ދޮގު ބަޔާން ދިން މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ހުސްވި ހަފްތާގައެވެ.
އެގޮތުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު، ގްރޫޕަކުން އޭނާ ދިރިއުޅޭ ގޭދޮށަށް ގޮސް ބިރު ދައްކައި އިންޒާރުދީ އަދި ގޭގައިހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މަންޒަރު ފެނުނު ކަމަށް ބުނެ މީހަކު ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ. އެހެން ނަމަވެސް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެމީހާ ވަނީ ފުލުހުންނަށް ދިން ބަޔާން ނަފީކޮށް އެއީ ފުލުހުން ބުނެގެން އޭރުދިން ޙަޤީޤަތާ ޚިލާފު ބަޔާނެއް ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. ނަމަވެސް އެއީ މަޖުބޫރީ ޙާލަތުގައި ކުރި ކަމެއްކަމަށް ބުނެ އޭނާ ވަނީ ދޮގުބަޔާން ދިނުމުގެ ދައުވާއަށް އިންކާރު ކޮށްފައެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭވަރުގެ އެކަށީގެންވާ ހެކި ހުރިކަމަށް ކަނޑައަޅައި ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް މި މީހާގެ މައްޗަށް އިއްވާފައެވެ. މައްސަލަ ސާބިތުވުމުން އަދަބު ލުއިކޮށްދިނުމަށް އޭނާ ކޯޓުގައި އެދުނު ނަމަވެސް ޤާޟީ ނިންމެވީ އެފަދަ ހާލަތެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު