ސްރީލަންކާ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުންނަށް ސަރުކާރުން ވަޒީފާ ދިނުމަށް ހުރަސްއަޅައި، ވަޒީފާތަކުގައި މިހާރު ތިބި މީހުންނަށް މަގާމުގެ ކުރިއެރުން ނުލިބޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާކަމަށް ބުނެ ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެގޮތުން ޕަބްލިކް ސާވިސްގެ ހުރިހާ ދާއިރާއަކުން ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކާއި ޕްރޮމޯޝަންތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެފަދަ ރެކޯޑެއް އޮތްތޯ ބަލަން ތަހުގީގު ކުރަން ނިންމާފައިވާކަމަށް ސްޓޭޓް ނިއުސްޕޭޕަރ ދަ ސަންޑޭ އޮބްޒަރވަރ އިން ރިޕޯޓްކޮށްފައިވެއެވެ. އަދި ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ޕަބްލިކް ސާވިސްގެ ރިޓަޔަރޑް މަތީ އޮފިޝަލުންނާއި، އިންޓެލިޖެންސް ރިޕޯޓްތަކާއި ހަވާލާދީ، ޕަބްލިކް ސާވިސްގެ މަތީ މަގާމުތަކުގައި ވެސް ސަރުކާރާ ދެކޮޅު ހަރަކާތްތަކަށް ތާއީދުކުރާ މީހުން ތިބިކަމަށްބުނެއެވެ.


މީގެއިތުރުން، ސަރުކާރާ ދެކޮޅު ވިސްނުން ގެންގުޅޭ މީހުން އާންމު ހިދުމަތާ ގުޅުމަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ކަންކަމަށް އެޅޭނެ ހުރަހަކަށް ވާނެކަމަށްވެސް ސަރުކާރަށް ލަފާދޭ ފަރާތްތަކުން ފާހަގަކޮށްފައިވާއިރު، ޕަބްލިކް ސާވިސްއަށް މީހުން ހޯދުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާކަންވެސް ހާމަކޮށްފައިވެއެވެ.

އެގޮތުން އިންޓެލިޖެންސުން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އެކި ހަރާކަތްތައް ރާވާ ހިންގުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު އެއްކުރަމުންކަމަށް ހާމަކޮށްފައިވެއެވެ.

ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ އެންމެ ބޮޑެތި މުޒާހަރާތައް ފެށިގެންދިޔައީ މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު