ރައީސް ޞާލިހު މިއަދު އެންއީއޯސީއަށް ޒިޔާރަތްކުރައްވަނީ؛ ޖުލައި 1އިން ފެށިގެން އެތަނުގެ މަސައްކަތް ހެލްތުގެ ދަށަށް ބަދަލު ކުރަން ވަނީ ނިންމާފަ (ފޮޓޯ ރައީސް އޮފީސް)
ރައީސް ޞާލިހު މިއަދު އެންއީއޯސީއަށް ޒިޔާރަތްކުރައްވަނީ؛ ޖުލައި 1އިން ފެށިގެން އެތަނުގެ މަސައްކަތް ހެލްތުގެ ދަށަށް ބަދަލު ކުރަން ވަނީ ނިންމާފަ (ފޮޓޯ ރައީސް އޮފީސް)
ކޯވިޑް-19 އާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިރޭ އިތުރުކޮށްފި އެވެ.

ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ސޮއިކުރައްވައި ނެރުއްވި ގަރާރަކުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ނެރުއްވި ޤަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ލަފާ ދީފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 14 ޖުލައި 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނުކުރާ ކަމަށް މިނިސްޓަރުގެ ޤަރާރުގައި ބުނެފައިވެއެވެ. އަދި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރުގެ ޤަރާރުގައި ވަނީ އަންގަވާފައެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް، އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން މި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްފައެވެ. އޭގެ ފަހުން މެއި މަހުގެ 30 ގެ ނިޔަލަށް މުއްދަތު އިތުރުކުރިއެވެ. އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން