ކުރީގެ ރައީސް ޢަބުދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލަ ފޯމު އިސްލާހު ކުރަން ހައި ކޯޓުން އެންގުމުން، ފޯމު އިސްލާހުކޮށް އަލުން ހުށަހަޅައިފިއެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 25 ވަނަ ދުވަހުއެވެ. އެ ހުކުމް އިސްތިއުނާފްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފު ފޯމް އިސްލާހު ކުރަން ހައިކޯޓުން ރައީސް ޔާމީންގެ ވަކީލުންނަށް އެންގީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ހައިކޯޓުގެ އެންގުމާ ގުޅިގެން މައްސަލަ ފޯމު އިސްލާހު ކުރުމަށް ފަހު އަލުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިއަދު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މައްސަލަ ހައިކޯޓުން ބަލައިގަތް ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރުގެ މުއްދަތަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނުގެ ވަކީލުން އޮތީ އެހުކުމްތައް އިސްތިއުނާފަށް ހުށަނާޅައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެ ކުރިން ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނީ، އެކަމުގައި ދިރާސާ ކުރަންޖެހޭ ކަންކަން ދިރާސާ ކުރުމަށް ލިބޭ އެންމެ ގިނަ ވަގުތު ބޭނުން ކުރުމަށްފަހު ކަމަށެވެ.
އަދި އިސްތިއުނާފް މަރުހަލާގެ ޝަރީއަތްތައް ކުރިއަށްދާއިރު، ފަނޑިޔާރު ހެއްދެވި ގޯސްތައް ހާމަ ކުރައްވާނެ ކަމަށާއި އެގޮތުން ކްރިމިނަލް ކޯޓުގެ ހުކުމްގައި، ޔާމީން މަގާމުގެ ނުފޫޒު ފޯރުވުމަށް އިރުޝާދު ދެއްވި ގޮތެއް ހާމަކުރައްވާފައި ނުވާ ކަމަށާއި ދިފާއުން ހުށަހެޅި ހެކިތަކަށް ބާރު ނުދޭންވީ ސަބަބުތަކެއް ވެސް ހުކުމްގައި ސާފްކޮށްދީފައިނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުންވަނީ ބުނެފައެވެ.
އެހެންކަމުން، އިސްތިއުނާފު މަރުހަލާގައި ރައީސް ޔާމީން މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ގާނޫނީ ޓީމުންވަނީ މީގެ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު