ހުޅުމާލޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން އެޗްޑީސީން އިޢުލާނު ކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ހުރި ހަ މެކޭނިކަލް ޕާކިން ސިސްޓަމެއް މަރާމާތުކުރުމަށްފަހު، އޮޕަރޭޓްކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ހަ ޕާކިން ސިސްޓަމުގައި ޖުމްލަ 166 ކާރަށް ޕާކް ކުރެވޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
އެޗްޑީސީން ހުޅުވާލާފައިވަނީ ނިރޮޅުމަގުގައި ހުރި ދެ ޕާކިން ސިސްޓަމް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށާއި، ކަނީރުމަގުގައި ހުރި ޕާކިން ސިސްޓަމެއް ބަލައްޓާނެ ބަޔަކު ހޯދުމަށާއި ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިން ސިސްޓަމް ހިންގާނެ ބަޔަކު ހޯދުމަށެވެ.
މިކަމަށް އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި ޒޫމް މެދުވެރިކޮށެވެ. އަދި މި މަހުގެ 27 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭއިރު، ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އަންނަ މަހު ތިނެއްގައި ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ޖުމުލަ 58 މިލިއަން ރުފިޔާ ހޭދަކޮށްގެން ރާއްޖެއަށް އަލަށް ތަޢާރަފްކުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންކުރެވޭގޮތް ހެދުމުގެ މަސައްކަތް މިސަރުކާރުން ދަނީ ކުރަމުންނެވެ. މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވިފައި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު