އިންޓަރ ސްކޫލް ލަވަ މުބާރާތް އަލުން ބޭއްވުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ތަޢުލީމީ ވުޒާރާއިން މިއަދު ބުނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އިޓަރ ސްކޫލް ލަވަ މުބާރާތް މިއަހަރުގެ ޖޫންމަހު ބޭއްވުމަށް ނިންމައި ކަމާގުޅުންހުރި އިދާރާތަކާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އިންޓަރ ސްކޫލް ލަވަމުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫންމަހުގެ 16 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ސްކޫލަކަށް މިހާރު ފުރުސަތު ހުޅުވާލާފައި ވާކަމަށް އެޑިއެކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖޫނިއާ އަދި ސީނިއާ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޖޫނިއާ ގްރޫޕުގައި ހިމެނެނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 11 އަހަރުން ދަށުގެ އުމުރުފުރާއެވެ. ސީނިއާ ގްރޫޕުގައި ހިމެނެނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އާއި ޕަބްލިކް ސާވިސް މީޑިއާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު