ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯގެ ހިންގުން ވަގުތީގޮތުން އެކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރ މުހައްމަދު ނިޒާމާ ޙަވާލުކޮށްފިއެވެ.
ނިޒާމަށް އެސްޓީއޯގެ ހިންގުން ޙަވާލުކުރީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަޤާމުގައި ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދު މިއަދު މަގާމުން ވަކިކުރުމަށްފަހުއެވެ. ސީއެފްއޯގެ މަގާމަށް ނިޒާމު އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އަމްރު މަޤާމުން ވަކިކޮށްފައިވަނީ އެކަމަށް އެދި ރައީސް އޮފީހުން ހުށައެޅުމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން އަމްރު ވަކިކުރަން ނިންމާފައިވަނީ އެފަދަ ބަދަލެއްގެ ގޮތުން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ސަރުކާރު ކުންފުންޏެއްކަމަށްވާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަމްުރު ވަކިކޮށްފައި މިވަނީ ސަރުކާރު ދެކޮޅަށް އަމްރު މަސައްކަތްކުރާތާ ދުވަސްކޮޅެއްވެފައި ވަނިކޮށެވެ. އެގޮތުން އޭނާ ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތްކުރައްވަމުންނެވެ.
އެސްޓީއޯގެ ހިންގުން ވަގުތީގޮތުން ޙަވާލުކުރި ނިޒާމަކީ ފައިނޭންސް އެންޑް އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލްކުރައްވައި އެސްޓީއޯގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު