އަމީނިމަގު ތަރައްޤީކުރުމަށްޓަކައި އެމަގުގައި އިންދާފައިހުރި ގަސްތައް ނަގާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ކަނޑާތީ އެމައްސަލަ ކޯޓަށް ހުށައެޅުއްވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން "ޝުނާނާ އެންޑް ކޯ އެލްއެލްޕީ" އިންނެވެ.
އެމައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން ބުނެފައިވަނީ އެ މައްސަލަ އަނބުރާ ގެނައުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ 15ވަނަ ދުވަހު ކަމަށެވެ.
ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ތާރުއެޅުމުގެ ބަދަލުގައި ގާ އަޅައިގެން މަސައްކަތް ކުރަން ވަނީ ލަފާދީފައި ކަމަށާއި، ގާ އަޅައިގެން އެ މަސައްކަތް ކުރާ ނަމަ، ގަސް ނުނަގައި އެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.
އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތަކުގެ ސަބަބުން ލިބޭ ފައިދާތައް އީއައިއޭ ރިޕޯޓުގައި ހިމަނާފައިނުވާ ކަމަށް ބުނެ، އެ ގަސްތައް ނެގުމުން ތިމާވެއްޓަށް ލިބޭނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވެސް ދައުވާ ފޯމުގައި ވަނީ ހިމަނާފައެވެ.
އޭގެއިތުރުން އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ. ނަމަވެސް އެއަމުރު ސިވިލްކޯޓުން ނެރެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު