ސަރުކާރުގެ ތެރޭގައި ގޯސްކޮށްހުރި ކަންތައްތައް ރަނގަޅު ނުވާނަމަ އެކަމުގެ ޒިންމާ އިއްތިހާދުގެ ބައިވެރިންވެސް އުފުލަން ޖެހޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވީ އުންމީދުކުރިވަރާ ގާތަށްވެސް ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންތައްތައް އިސްލާޙުނުވި ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޝަރީފް ވިދާޅުވީ އެމްއާރުއެމް އަކީ ސަރުކާރު ހިންގާ އިއްތިހާދުގެ ބައިވެރިއެއް ކަމަށާއި އެހެންކަމުން އެޕާޓީއަށް ޒިންމާތަކުން ބަރީއަ ނުވެވޭނެ ކަމަށެވެ. ހަމައެއާއެކު ޖުމްހޫރީ ޕާޓީއާއި ޢަދާލަތު ޕާޓީއާއި ރައީސް ނަޝީދުވެސް އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މިސަރުކާރުގެ ތެރެއިން ކަންކަން އިސްލާހު ނުވާނަމަ އެއީ ހަމައެކަނި ޞާލިޙް ޒިންމާވާންޖެހޭނެ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.
ކްލަބްހައުސްގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ބޮޑަށްހުރި ދާއިރާތަކުން ހިތްހަމަޖެހޭ މިންވަރަށް ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ. އެގޮތުން 3 ބާރުގެ ތެރެއަށްވެސް ސިޔާސީ ނުފޫޒު ވަދެފަައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް އެކަށޭނޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް ސަރުކާރުގެ އިއްތިހާދުން ވަކިވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
ސަރުކާރާމެދު ހިތްހަމަ ނުޖެހުންތަކެއް އޮތްކަމަށް ފާރިސް ވިދާޅުވެފައިވާއިރު ދާދިފަހުން އެޕާޓީން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ގުޅިގެން ކުރިއަށް ދިއުމާމެދު ރައީސް ޞާލިޙާއެކު މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު