ޢަދާލަތު ޕާޓީގެ ސިޔާސަތެއް ނެތް ކަމަށާއި އެޕާޓީއަށް ނޫނެކޭ ބުނަންޖެހޭ ކަމަށް މިހާރު އުވާލާފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރެއްވި ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނަށް ތައުހީނުކޮށް ރިޕޯޓެއް ނެރުނު މައްސަލައެއްގައި ޝަހިންދާގެ އެމްޑީއެން އުވާލާފައިވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރ 19 ގައެވެ. އެމްޑީއެން އުވާލުމަށް އެންމެ ބޮޑަށް ވަކާލާތުކުރި ޕާޓީތަކުގެ ތެރޭގައި ޢަދާލަތު ޕާޓީވެސް ހިމެނެއެވެ.
ޢަދާލަތު ޕާޓީން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙާއެކު އިއްތިހާދު ހެދުމަށް ނިިންމާފައި ވާތީ ޝަހިންދާވަނީ ސިޔާސީގޮތުން އެޕާޓީގެ ޙަޤީޤީ ބުރަދަނާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން ސަރުކާރުގައި އަދާލަތު އޮވެގެން މިހާތަނަށް ގައުމަށް އައި ކުރިއެރުމާމެދު ޝަހިންދާ ސުވާލު އުފެއްދެވިއެވެ.
އޭގެއިތުރުން ޢަދާލަތުން ކުރާ ހަމައެކަނި ކަމަކީ ޤައުމުގައި ހަރުކަށި ފިކުރު ހިންގުން ކަމަށާއި، އެނޫންކަމެއް ކުރަންއުޅޭ މަންޒަރު ނުފެންނަކަމަށް ޝަހިންދާ ވިދާޅުވިއެވެ.
"ސިޔާސަތުތަކެއް އެކުލަވާލާފައެއް ނުވޭ. އަޅުގަނޑަށް އަދިވެސް ގަބޫލުކުރެވެނީ އަދާލަތު ޕާޓީއަށް ސަރުކާރުގެ ބައެއް އެޅުމަށްވުރެ ރަނގަޅު ދީނީއިލްމުވެރިއަކާ ދީނީކަންތައްތައް ހަވާލުކުރުން ފައިދާ ބޮޑުހެން. އަދާލަތައް ނޫނެކޭ ބުނަންޖެހޭ." ޝަހިންދާ ވިދާޅުވިއެވެ.
ޝަހިންދާގެ ފާޑުކިޔުން ޢަދާލަތަށް އަމާޒުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ޢަދާލަތު ޕާޓީން ވަނީ ނިންމާފައެވެ. ޢަދާލަތު ޕާޓީގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންވަނީ އެޕާޓީގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ އެކަމަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު