ސިންގާ މޫދަށްލުމުން ބޮކިޖަހާފައި ދާނީ އަޑިއަށްކަމަށް ވިދާޅުވެ ޢަދާލަތުޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ މާނަފުން މެސެޖެއް ދެއްވައިފިއެވެ.
މިސަރުކާރުގެ ދާޚިލީ ވަޒީރުގެ މަޤާމުގައި ހުންނެވި އިމްރާން ވިދާޅުވީ، ސިންގާ އަކީ އެއްގަމުގައި ކިތަންމެ ބާރުގަދަ ޖަނަވާރެއްކަމަށް ވީނަމަވެސް ފައިނުފޯރާފަށަށް މޫދަށްލުމުން ކުޑަ ހިނދުކޮޅަކުން އާރެއް ބާރެއް ނެތި ބޮކިޖަހާފައި އަޑިއަށް ގެނބިދާނެ ކަމަށެވެ.
އިމްރާން މީސްމީޑިއާގައި މިފަދަ ޢިބާރާތަކުން މެސެޖެއް ދެއްވާފައި ވާއިރު ރިޔާސި އިންތިހާބަށް ތައްޔާރުވަމުންދާ ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަވެ. އެގޮތުން ރިޔާސީ އިންތިޚާބަށް ބޮޑެތި ޕާޓީތަކުން ކެމްޕޭން ފަށާފައިވާއިރު ކުދި ޕާޓީތަކުން ދަނީ ބޮޑެތިޕާޓީތަކުގެ ނިވާފަތްގަނޑުން ހިޔާވައްސެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ކިންގް މޭކަރ އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ގާސިމް އިބްރާހިމް އެމްޑީޕީގެ އާކޯލިޝަނާއި ގުޅިވަޑައި ނުގަތުމުން އިމްރާންފަދަ ބޭފުޅުންގެ ނުސީދާ ފާޑުކިއުންތައް ވެސް އަމާޒުވަމުންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އިމްރާންގެ މި މެސެޖް ރައްދުކުރެއްވީ ކަނޑައެޅިގެން ކޮންފަރާތަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
އިމްރާންގެ ޓްވީޓަށް ރައްދުދެމުން ޢާއްމުންގެ މީހަކު ބުނެފައިވަނީ ޢަދާލަތު ޕާޓީއަކީ އައްޓަމަހެއް ފަދަ ޕާޓީއެއް ކަމަށާއި އެޕާޓީ ތަނަކާއި ގާތްވެއްޖެނަމަ އެހެން އެންމެން އެތަނަކުން ދުރަށްޖެހޭ ކަމަށެވެ.
"ސިންގާ ބާއްވަބަލަ. ބޮޑު މަސް ކައިރީ އުޅެއެންނު ތަތްކޮށްލައިގެން އުޅޭ މަސްތަކެއް، އެކަހަލަ ހާލެއްގައި އަދާލަތު ޕާޓީ ތިއޮތީ. އަދާލަތު ޕާޓީ އެބައެއްގެ ފަހަތަށް އަރައިފިއްޔާ ކީއްވެތަ ޗޮކުން ދަނީ. އެމްޑީޕީވެސް ބައިވެއްޖެ، މީހުން ދުރަށް ދުވަނީ،"
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙާއެކު އިއްތިހާދުވެފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙްގެ އިއްތިހާދުގައި ސިޔާސީ ހެވީވެއިޓުން ހިމެނުމަށް އެމްޑީޕީން ދަނީ އެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ. ރައީސްގެ އިއްތިހާދުގައި މިވަގުތު ހިމެނެނީ ޢަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަގާކިޔާ ޖުމްހޫރީ ޕާޓީން ރައީސްގެ އިއްތިހާދުގައި ހިމެނުމަށް މިހާތަނަށް އާނބަސް ބުނެފައި ނުވާއިރު، ކުރީގެ ރައީސް މައުމޫންވެސް ރައީސް ޞާލިޙާއެކު އިއްތިހާދު ވުމާމެދު ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ. އޭގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނީ ރައީސް ޞާލިޙާއެކު ރިޔާސީ އިންތިޚާބުގައި މަސައްކަތް ނުކުރަށްވާނެ ކަމަށެވެ.

“Singa” akee ehgamugai kithanme baarugadha janavaareh kamaku fainufoara fashah moodhah laa irah, kuda hindhukolhakun aareh baareh nethi boki jahaafai adiah genbidhaane eve.
— Imran Abdulla (@ShimranAb) March 27, 2023
މީގެއިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ކިންގް މޭކަރ އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ގާސިމް އިބްރާހިމް އެމްޑީޕީގެ އާކޯލިޝަނާއި ގުޅިވަޑައި ނުގަތުމުން އިމްރާންފަދަ ބޭފުޅުންގެ ނުސީދާ ފާޑުކިއުންތައް ވެސް އަމާޒުވަމުންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އިމްރާންގެ މި މެސެޖް ރައްދުކުރެއްވީ ކަނޑައެޅިގެން ކޮންފަރާތަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
އިމްރާންގެ ޓްވީޓަށް ރައްދުދެމުން ޢާއްމުންގެ މީހަކު ބުނެފައިވަނީ ޢަދާލަތު ޕާޓީއަކީ އައްޓަމަހެއް ފަދަ ޕާޓީއެއް ކަމަށާއި އެޕާޓީ ތަނަކާއި ގާތްވެއްޖެނަމަ އެހެން އެންމެން އެތަނަކުން ދުރަށްޖެހޭ ކަމަށެވެ.
"ސިންގާ ބާއްވަބަލަ. ބޮޑު މަސް ކައިރީ އުޅެއެންނު ތަތްކޮށްލައިގެން އުޅޭ މަސްތަކެއް، އެކަހަލަ ހާލެއްގައި އަދާލަތު ޕާޓީ ތިއޮތީ. އަދާލަތު ޕާޓީ އެބައެއްގެ ފަހަތަށް އަރައިފިއްޔާ ކީއްވެތަ ޗޮކުން ދަނީ. އެމްޑީޕީވެސް ބައިވެއްޖެ، މީހުން ދުރަށް ދުވަނީ،"
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙާއެކު އިއްތިހާދުވެފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙްގެ އިއްތިހާދުގައި ސިޔާސީ ހެވީވެއިޓުން ހިމެނުމަށް އެމްޑީޕީން ދަނީ އެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ. ރައީސްގެ އިއްތިހާދުގައި މިވަގުތު ހިމެނެނީ ޢަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަގާކިޔާ ޖުމްހޫރީ ޕާޓީން ރައީސްގެ އިއްތިހާދުގައި ހިމެނުމަށް މިހާތަނަށް އާނބަސް ބުނެފައި ނުވާއިރު، ކުރީގެ ރައީސް މައުމޫންވެސް ރައީސް ޞާލިޙާއެކު އިއްތިހާދު ވުމާމެދު ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ. އޭގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނީ ރައީސް ޞާލިޙާއެކު ރިޔާސީ އިންތިޚާބުގައި މަސައްކަތް ނުކުރަށްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު