މާލޭއިން ސިނަމާލޭ ބްރިޖަށް އަރާ ސަރަހައްދުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ އަނިޔާވި ޒުވާނަކަށް އެޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭއިން ބްރިޖަަށް އަރާ ލައިޓްކައިރިންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި ޙާދިސާގެ މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 02:30 ގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އަދި މި ޒުވާނާއަކީ ސައިކަލް ދުއްވަން އިން މީހާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު