ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ އިއްޔެ ވަނީ ތިލަފުށި ފޭސް ދޭއްގެ "އޭރިއާ ސީ" ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ ތިލަފުށި ފޭސް 2ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑާއި ކަމަށެވެ.

މިއީ ތިލަފުށި ތަރައްގީކުރުމުގެ މާސްޓާޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. ތިލަފުށީ މާސްޓަ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފަ އެވެ.



ތިލަފުށީ ފޭސް ދޭއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ 60 ޕަސެންޓް ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ހިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗާ އެވެ.

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްފަހު އެތަނުން ދޫކުރަން ނިންމާފައިވާ 50 ބިން ވިއްކުމަށް އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި "ޒޯން އޭ" ގެ ބިންތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް