އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިސްލާމް ދީނަށް ތައުހީނުކޮށް ރިޕޯޓެއް ނެރުނު މައްސަލައެއްގައި އެމްޑީއެން އުވާލާފައިވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރ 19 ގައެވެ.
އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ މައްސަލާގައި އެ ޖަމިއްޔާ އުވާލުމުން ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި މއ. ބޯގަންވިލާ ޝަހިންދާ އިސްމާއިލްގެ ފަރާތުން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ.
ޝަހިންދާ ހުށައެޅި މައްސަލާގައި ސިިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެމްޑީއެން އުވާލަން ނިންމީ ޖަމްއިއްޔާތަކާބެހޭ ގާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. ހަމައެއާއެކު އިސްލާމްދީނާ ހިލާފް އަމަލުތައް ކުރުމާއި ދީނީ އެއްބައިވަންތަކަން ގެއްލޭ ކަންކަން ކުރުމަކީ ޖަމްއިއްޔާތަކަށް މަނާ ކަމެއް ކަމަށް ޙުކުމުގައިވެއެވެ.
ސިވިލްކޯޓުގެ ޙުކުމުގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ހިމަނާފައިވާކަން ފާހަގަވާ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި އެޖަމިއްޔާ އުވާލި ނަމަވެސް ރިޕޯޓް ނެރުމުގައި ބައިވެރިވި މީހުންގެ ތަހުގީގް ކުރިއަށް ނުދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އެމްޑީއެންގައި އިސްކޮށް މަސައްކަތް ކުރި ބައެއް ފަރާތްތައް މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި އެބަތިއްބެވިއެވެ. އޭގެތެރޭގައި މިހާރުގެ ޕޮލިސް ކޮމިޝަނަރއަކީވެސް އެމްއެންޑީއެންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއްކަމަށް އެނގިފައި ވެއެވެ.
އެމްޑީއެން އިން ނެރުނު އެރިޕޯޓްގައި ރާއްޖޭގައި އިސްލާމްދީން ކިޔަވައި ދިނުމާއި ދީނީ ބައެއް ކަންކަމުގައި ގެންގުޅޭ ސިޔާސަތާމެދު މެދު ފާޑުކިޔާފައި ވެއެވެ. އަދި ކީރިތި ރަސޫލާގެ ބައެއް ވާހަކަތައް ކިޔަވައި ދިނުމާއި ބައެއް ކަންކަން ގަބޫލުކުރަން މަޖުބޫރު ކުރާކަމަށް ބުނެ އިސްލާމް ދީނާއި ޚިލާފު ކަންކަމަށް ހިތްވަރު ލިބޭގޮތަށް ފާޑުކިޔާފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު