ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރަށްރަށް ތަފާތު ނުކުރިނަމަވެސް މީހުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިއަދު ވިދާޅުވީ، ސަރުކާރުން ދަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ރަށެއް ބާކީނުކޮށް ރަށްރަށަށް ޢުމްރާނީ ތަރައްޤީ ގެނެސްދެއްވަމުން ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅެވޭ ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ 100 މީހުން އުޅޭ ރަށެއްގައި ބަނދަރެއް އެޅުމަށް ދަޢުލަތް ދަރަނިވެރިވާއިރު، ރާއްޖޭގައި 100،000 މީހުންގެ އާބާދީއެއް އޮންނަ ރަށެއްގައި ބަނޑުހައި ހޫނުކަމުގައި މީހުން އެބަތިބިކަމަށެވެ.

"ތަފާތު ކުރުމެއްނެތިއޭ ބުނެ 100 މީހުން އުޅޭ ރަށެއްގައި 300 މީޓަރުގެ ބަނދަރެއް އަޅަން ދަޢުލަތް ދަރަނިވެރިވާއިރު، 100000 މީހުންގެ އާބާދީއެއް އޮންނަ ރަށެއްގައި ބަނޑުހައި ހޫނުކަމުގައި މީހުން އެބަތިއްބެވެ." އިބްރާ ވިދާޅުވި އެވެ.



އެހެންކަމުން ޢުމްރާނީ ތަރައްޤީގައި ރަށްރަށް ތަފާތު ނުކުރިނަމަވެސް އާބާދީގެ ނިސްބަތުން ތަފާތުކުރުންތަކެއް އެބަ ގެންގުޅެވޭކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ މިމޭރުމުން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް ނަޝީދު ވެސް ވަނީ ކުޑަ ރަށެއް ފަޅު ރަށެއް ނުބަލާ ތަރައްގީކުރުމަކީ ޤައުމެއްގެ ނިސްބަތުން ގެންގުޅެވޭނެ ތަސައްވުރެއް ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުދި ރަށްރަށުގައި މެގަ ޕްރޮޖެކްޓްތައް ހިންގާއިރު ބޮޑެތި ބައެއް ރަށްރަށުގައި ޑޮކްޓަރުން ނެތްކަން ރައީސް ނަޝީދު ފާހަގަކުރަށްވާފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްޤީ ގެނެސްދިނުން ކަމަށެވެ. އެގޮތުން ރައީސް ޞާލިޙްގެ މި ފަސްއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން