އޮންލައިންކޮށް ހިންގާ ނާރސިން ކޯސްތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ އިން ބުނެފިއެވެ.

އެމްކިއުއޭ އިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ނާސިން ދާއިރާގެ ޕްރޮގްރާމްތައް ދިގު މުއްދަތަކަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން ކުރިޔަށް ގެންދިއުމަކީ އެ ދާއިރާގެ ލައިސެންސިން އިދާރާ ކަމަށްވާ މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތް ނޫން ކަމަށެވެ.

އެހެންކަމުން ނަރސިންގ ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތްކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.

އީ-ލާނިން ޑެލިވަރީ މޮޑަލިޓީން ހިންގުމުގެ ހުއްދަ ލިބިގެން ހިންގަމުން އަންނަ ބައެއް ޕްރޮގްރާމްތައް 20 އޮކްޓޯބަރ 2022 ގެ ފަހުން ކުރިއަށް ނުގެންދިއުމަށް މީގެކުރިން ވެސް އެ އޮތޯރިޓީން ކޮލެޖްތަކަށް އަންގާފައިވާނެކަން އެމްކިއުއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްކިއުއޭއިން އަންގާފައިވަނީ ނާސިން ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން މިހާރު ހިނގަމުންދާ ސެމިސްޓާގެ ނިޔަލަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ނަރުސްކަމުގެ ކޯސްތައް ހިންގުން ހުއްޓާލުމަށެވެ. ހަމައެއާއެކު ނާސިންގެ ކައުންސިލްގެ ލަފަޔާ އެއްގޮތަށް އެމްކިއުއޭ އިން އެފަދަ ކޯސްތައް ބަލައިނުގަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން