އިޖުތިމާއީ ޒިންމާގެ ދަށުން އެޗްޑީސީން ހުޅުމާލޭގައި ޕާކެއް ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފައިވަނީ މިއީ ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެ ކުންފުނީގެ ސީއެސްއާރު ޓީމުން ކުރި މަސައްކަތެއް ކަމަށެވެ.

"ހޮޅުއަށި މައިޒާން" ގެ ނަމުން ނަންދީފައިވާ މި ޕާކު ހުޅުވާފައިވަނީ ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފުރަގަހުގައެވެ. މިޕާކްގައި ކުޑަކުދިންނަށް ހިތްފަސޭހަކަމާއެކު ކުޅެއުޅެވޭނެ ފުޓްސަލް ދަނޑެއްވެސް ހަދާފައިވެއެވެ.



މިޕާކު ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފު ބައިވެވަޑައިގެންނެވިއެވެ. ޕާކު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ޚާއްސަ ތަރާވީހެއް ވެސް ދީފައެވެ.

އެޗްޑީސީން ބުނީ މި ޕާކަކީ ދިވެހި ތާރީޚު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއެކު ހަދާފައިވާ ޕާކެއް ކަމަށާއި، ޕާކުގެ އެންމެ ޚާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއަށި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން