ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމަށް، ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ. ކުނި މެނޭޖްކުރުމާބެހޭ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ވަކި ބާވަތްތަކެއްގެ ކުނި އެތެރެކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ރާއްޖެއަށް ކުނި އެތެރެކުރުމަކީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ހުށައަޅާފައިވަނީ އެއްވެސް ބަޔަކު ރާއްޖެއަށް އެެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމަށެވެ. އޭގެ އިތުރުން ޕްލާސްޓިކް ކޮތަޅުގެ މާނައިގެ ތެރޭގައި މުދާ ބަންދުކުރާ ޕްލާސްޓިކު ކޮތަޅު ނުހިމެނުމަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލު މަޖިލީހަށް ތައާރަފު ކުރުމެވެ.
ކުނި މެނޭޖުކުރުމާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތަސްދީގު ކުރެއްވީ ޑިސެމްބަރު 18، 2022 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު