އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަޒީރުކަމުން ވަކިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރަކަށް ޝިފާޒް އައްޔަންކުރީ ނޮވެމްބަރު 22، 2018 ގައެވެ. ޝިފާޒު ވަޒީރުކަމުން ވަކިކުރަށްވާފައިވަނީ މިއަދުއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ޝިފާޒް ރަސްމީކޮށް ވަޒީފާއަށް ނުނިކުންނަވާތާ ދުވަސްތަކެއް ވަނީވެފައެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ އެންމެ އިސްސަފުގައި ހިމެނިވަޑައިގެންނެވި ޝިފާޒު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ކުރަށްވާފައެވެ. ވަޒީރުކަމުގެ މަގާމުން ވަކިކުރެއްވިއިރު ޝިފާޒަކީ އެމްޑީޕީގައި އުފެދިފައި އޮތް ދެ ފެކްޝަނުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގަަންނަވާ ބޭފުޅެވެ.

މިކަމާގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޝިފާޒް މަޤާމުން ވަކިކުރައްވާފައިވާއިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހުސައިން އަމްރު ވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭނާއަކީވެސް ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޢަހުމަދު

29-Mar-2023

ވަރަށް ރަނގަޅަށް މިހާރު ތިދަނީ. މިކަން ކަން ކުރާލެއް މާ ސްލޮލީ.



ޓްރެންޑިން