އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ވަޒީރުކަމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ އިބްރާހީމް ވަޙީދު (މަދަނަ އިބުރޭ) މިއަދު ޢައްޔަންކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ނައިބު އިދާރީގެ މަޤާމުގައި ހުންނެވި އިބްރާހިމް ވަޙީދު މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

އިބްރާހިމް ވަހީދަކީ، 2009އިން 2012 އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އަލްފާޟިލް އިބްރާހިމް ވަހީދު ވަނީ ފުރުއްވާފައެވެ.

މިސަރުކާރުގައި އިބްރާހިމް ވަޙީދު ވަނީ، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް ކުރަށްވާފައެވެ.

މީގެ އިތުރުން 2007 އިން 2018 އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓެރީގެ މަޤާމުވެސް އިބްރާހިމް ވަހީދު ފުރުއްވާފައިވެއެވެ.

އިބްރާހިމް ވަޙީދު ވަޒީރުކަމަށް ޢައްޔަނު ކުރަށްވާފައިވާއިރު އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް މިއަދު ވަނީ ވަޒީރުކަމުން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

1206

30-Mar-2023

ސްޓޮކް އެކްސްޗޭންޖާއި ޑިޕޮޒިޓަރީގެ މަގާމަކީ ސަރުކާރުގެ ސިޔާސީ މަގާމެއް ނޫން. އަދި އެއީ ސަރުކާރު ކުންފުންޏެއް ވެސް ނޫން.



ޓްރެންޑިން