އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒްގެ ސިޔާސީ މުސްތަޤްބަލު އިރާދަކުރެއްވިއްޔާ ވަރަށް އުޖާލާވާނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރކަމުގެ މަޤާމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިއަދު ވަކިކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ، ޝިފާޒަށްވުރެ ބޮޑަށް މިސަރުކާރު ގެނައުމަށް ޤުރުބާންވި އިތުރު މީހަކު ނުހުންނާނެ ކަމަށެވެ.

އަދި އެއްގޮތަކަށްވެސް ކަންބޮޑު ނުވުމަށާއި އިރާދަކުރެއްވިއްޔާ މުސްތަޤުބަލް އޮތީ ވަރަށް އުޖާލާކޮށްކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

"ޝިފާޒު އެއްގޮތަކަށްވެސް ކަންބޮޑުވެނުލައްވާތި ﷲގެ އިރާދަފުޅުން މުސްތަޤްބަލު އޮތީ އުޖާލާކޮށް." ޝިފާޒަށް ހިތްވަރު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ޝިފާޒު ވަކިކޮށްފައިވަނީ މިއަދުއެވެ. ޝިފާޒު ވަކި ކުރުމަށްފަހު އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބުރޭއެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ އެންމެ އިސްސަފުގައި ހިމެނިވަޑައިގެންނެވި ޝިފާޒު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ކުރަށްވާފައެވެ. ވަޒީރުކަމުގެ މަގާމުން ވަކިކުރެއްވިއިރު ޝިފާޒަކީ އެމްޑީޕީގައި އުފެދިފައި އޮތް ދެ ފެކްޝަނުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގަަންނަވާ ބޭފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން