ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިއްމެވީ ދިވެހި ތާރިޚަށް ރަން ސަފްހާތަކެއް ހަދިޔާ ކުރުމަށް ކަމަަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކާ ފުރުސަތު ހޯއްދެވުމަށްޓަކާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށައަޅުއްވާފައެވެ. މުއްދަތު ހަމަވިއިރު ގާސިމް ފިޔަވައި އިތުރު ބޭފުޅަކު އެމަގާމަށް ވާދަނުކުރަށްވާތީ ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ގާސިމަށް މަރުހަބާ ވިދާޅުވެ ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމް ވިދާޅުވީ ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވަނީ ރައްޔިތުންނަށް ބާއްޖަވެރިކަން ހޯއްދަވައިދެއްވައި ދިވެހި ތާރިޚަށް ރަން ސަފްޙާތަކެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނު އިންތިޚާބުގައި ވާދަކުރަށްވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ އަޒުމާއެކު ކަމަށް އިގްބާލް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ޢަޒުމުގައި ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައްޔިތުންނަށް ބާއްޖަވެރިކަން ހޯދައިދީ ދިވެހި ތާރީޚަށް ރަން ޞަފްޙާތަކެއް ހަދިޔާކުރުމަށް،" އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރު ތަކެއް ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ގާސިމަށް އިޝާރަތް ކުރަށްވައި އިގްބާލް ވިދާޅުވިއެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މީގެ ކުރިން ވަނީ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އައްޔަންކުރަށްވާފައެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ ހުރިހާ މެމްބަރުންގެ އެހީތެރިކަމަށް ވެސް ގާސިމް ވަނީ އެެދިވަޑައިގެންފައެވެ.

މާތް الله ގެ ނަޞްރާ ނަޞީބަށްއެދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ޢަޒުމުގައި qasim2023 ގައި ވާދަކުރައްވަނީ ރައްޔިތުންނަށް ބާއްޖަވެރިކަން ހޯދައިދީ ދިވެހި ތާރީޚަށް ރަން ޞަފްޙާތަކެއް ހަދިޔާކުރުމަށް! @qasimibrahim @ammadaysaud @M_Adhuham @rasonlinemv @alisolih pic.twitter.com/9LI78GryzR
— Iqbal Adam (@IqeyAdam) March 30, 2023
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ޢަޒުމުގައި ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައްޔިތުންނަށް ބާއްޖަވެރިކަން ހޯދައިދީ ދިވެހި ތާރީޚަށް ރަން ޞަފްޙާތަކެއް ހަދިޔާކުރުމަށް،" އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރު ތަކެއް ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ގާސިމަށް އިޝާރަތް ކުރަށްވައި އިގްބާލް ވިދާޅުވިއެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މީގެ ކުރިން ވަނީ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އައްޔަންކުރަށްވާފައެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ ހުރިހާ މެމްބަރުންގެ އެހީތެރިކަމަށް ވެސް ގާސިމް ވަނީ އެެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު