ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާއްމު ހިއްސާދާރުން ތަމްސީލުކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމާއި ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު އީމެއިލްކުރުމަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކޮށްފައިވާ ޕްލެޓްފޯމަށް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށްއެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 24ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އެވެ.

މި މަގާމަށް ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

ހަތް މެމްބަރުން ތިއްބަވާ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ އެއް ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން ހަ ޑިރެކްޓަރުން ތިއްބަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން