ސަރުކާރާއި ސިޓީ ކައުންސިލްގެ ކޯޅުން ބޮޑުވުމުގެ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ ރޭފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މާލޭގައި އާދަޔާ ޚިލާފަށް ފެންބޮޑުވެފައިވާތީ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ކަމަށް މާލޭސީޓީގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ޑރ. މުޢިއްޒުގެ ވާހަކަފުޅާ ގުޅިގެން ޝަރީފް ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާއި ސިޓީ ކައުންސިލްގެ ކޯޅުންގަނޑު ބޮޑުވުމުގެ ހުރިހައި ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ.

“ރައްޔިތުންގެ ގޭގެއަށް އަދި މުދަލަށް ލިބެމުންދާ ގެއްލުމުގެ ޒިންމާނަގާނީ ކޮންފަރާތަކުން؟” ޝަރީފް ސުވާލު އުފައްދަވާފައިވެއެވެ.

ބޯކޮށް ވާރޭވެހި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވީ ސްޓޯމް ވޯޓަރ ޕަންޕުތައް ނުޖައްސާ ހުރުމުން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ޕަންޕުތައް ބަލަހައްޓަމުން ގެންދަނީ ފެން ކުންފުނިންނެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ވަނީ ދެ ފޫޓާއި ތިން ފޫޓަށް ފެން ބޮޑުވެފައެވެ. މިއީ ފަހަކަށްއައިސް މާލޭގައި މިހާ ބޮޑަށް ފެންބޮޑުވި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން