ޖުމްހޫރީޕާޓީން މިއަދު އިސްތިޢުފާދެއްވި ސޮބާހް ރަޝީދު
ޖުމްހޫރީޕާޓީން މިއަދު އިސްތިޢުފާދެއްވި ސޮބާހް ރަޝީދު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރެއްވުމަށް ނިންމަވައި ޖޭޕީން މިއަދު އިސްތިއުފާދެއްވި ސޮބާހް ރަޝީދު ޖޭޕީގެ މައި ޖަގަހަ ކުނޫޒަށް ވަދެނުލާތާ 7 އަހަރު ވެއްޖެކަމަށް ޤާސިމްގެ އެޑްވައިޒަރު އަބްދުالله އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ވަކިކޮށްދިނުމަށް އެދި ޗައިނާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހް ރަޝީދު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މިވަގުތު ޕާޓީގެ މައްޗަށް ވެރިވެފައިވާ ނުފޫޒުތަކުގެ ދަށުން ނިންމާ ނިންމުންތަކުގެ ސަބަބުން ޤައުމީ މަސްލަހަތާއި ޕާޓީގެ ލީޑަރަށް ލިބެމުންދާ ގެއްލުން ތަހައްމަލުކުރަން އުނދަގޫ ކަމަށެވެ. އެހެންކަމުން ޖޭޕީން ވަކިވާން ނިންމީ ކަމަށް ސޮބާހް ވިދާޅުވިއެވެ.

ސޮބާޙްގެ ސިޓީއަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަބްދުالله އަހުމަދު ވިދާޅުވީ، 2018ގެ ކުރީކޮޅު ސޮބާހު ރަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭނުންފުޅުވީ ޖޭޕީގެ ކައުންސިލް ސީޓެއް ކަމަށެވެ. އަދި ދައުރު ނިންމާލެއްވީ ހަތް އަހަރު ތެރޭގައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒަށް ވަދެނުލާކަމަށް އަބުޅޯ ވިދާޅުވިއެވެ.

“ކައުންސިލްގެ އެންމެ ޖަލްސާއެއްގައިވެސް ބައިވެރިނުވެ. އެސީޓް ބޭނުންވީ އެސައިލަމް ހޯދަންތޯ؟” އަބުޅޯ ސުވާލު އުފައްދަވާފައިވެއެވެ.



ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް މަގާމުތައް ފުރަމުން ގެންދާ ފަރާތްތަކުން އެޕާޓީން އިސްތިއުފާ ދެއްވުމަށް ފޮނުއްވާފައިވާ ސިޓީތަކުގައި ވިދާޅުވެފައިވަނީ ކުރިއަށްއޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާތީ ޖުމުހޫރީ ޕާޓީން ވަކިވާން ނިންމީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން