ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ނުކުރަށްވާނެ 4 ކަމެއް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަޙްމަދު ސަޢުދު ވިދާޅުވެދެއްވައިފިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް ނިންމަވާފައިވާއިރު އެކަމާ ގުޅިގެން ސަރުކާރަށް ތާޢީދު ކުރަށްވާ ބައެއް ފަރާތްތަކުން ގެންދަވަނީ ޤާސިމްގެ އެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އަދި ޖޭޕީގެ މައްޗަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރާފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ޖުމްހޫރީ ޕާޓީއާއި ޤާސިމް އިބްރާހީމަށް ކުރިމަތިވެފައިވާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ސަޢުދުވަނީ ޤާސިމް އިބްރާހިމް ނުކުރަށްވާނެ 4 ކަމެއް މީސްމީޑިއާގައި ފާހަގަ ކުރަށްވާފައެވެ.

އެގޮތުން ސަޢުދު ވިދާޅުވީ ޤާސިމް އިބްރާހިމް އިސްލާމްދީން ހިމާޔަތްކުރަށްވާނެ ކަމަށާއި އެމަނިކުފާނަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށެވެ. އޭގެ އިތުރުން ޤާސިމަކީ ދައުލަތުން ވައްކަމެއް ކުރަށްވާނެ ބޭފުޅެއް ނޫން ކަމަށާއި ޤާސިމްގެ ސަރުކާރެއްގައި ޤައުމުގެ އިސްތިޤްލާލު ގެއްލެން ފުރުޞަތު ނުދެއްވާނެ ކަމަށް ސަޢުދު ވިދާޅުވިއެވެ.



ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް މަގާމުތައް ފުރަމުން ގެންދާ ފަރާތްތަކުން ވަނީ އެޕާޓީން އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ފޮނުއްވާފައިވާ ސިޓީތަކުގައި ވިދާޅުވެފައިވަނީ ކުރިއަށްއޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާތީ ޖުމުހޫރީ ޕާޓީން ވަކިވާން ނިންމީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން